ހައިކޯޓުގެ ފަނޑިޔާރު ކަމުން ފައިސަލް އިސްތިއުފާ ދެއްވައިފި

ދަޕްރެސް

23 ނޮވެމްބަރު 2025 | އާދިއްތަ | 4:21

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހައި ކޯޓުން ފައިސަލް އިސްތިއުފާ ދެއްވި ކަމަށް ބުނި ނަމަވެސް ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީން ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުން އެމަގާމަށް ފައިސަލް އައްޔަން ކުރަން ނިންމަވާފައިވާ ކަން މިދިޔަ އޭޕްރީލް މަހު ހާމަކުރައްވާފައެވެ. ނަމަވެސް އެ ނިންމުމަށް އެެތައް މަހެއް ވީ އިރު ވެސް ރަސްމީކޮށް މަގާމު ހަވާލުކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް