ދެ ގައުމެއްގެ ސަފީރުކަމާއި ޓެކްސް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރުމަށް މަޖިލީހަށް ނަންތައް ފޮނުއްވައިފި
ދަޕްރެސް
24 ނޮވެމްބަރު 2025 | ހޯމަ | 11:39
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ މަގާމަށް ކުރިމަތިލާން ހުށަހެޅި މުއްދަތުގައި ކުރިމަތިލި، ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.
ރައީސްގެ ސިޓީގައި ވަނީ ޓްރައިބިއުނަލްއަށް އައްޔަނުކުރާނެ ފަސް ބޭފުޅުންގެ ނަން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.