ކުޑަކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނި، އެ ފޯމިއުލާ ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

ދަޕްރެސް

24 ނޮވެމްބަރު 2025 | ހޯމަ | 1:38

ކުޑަކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނި، އެ ފޯމިއުލާ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމުން އިންފެންޓްވެފައިވަނީ "ބައިހާޓް ހޯލް ނިއުޓްރިޝަން އިންފޭންޓް ފޯމިއުލާ" ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ބުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ "ބައިހާޓް ހޯލް ނިއުޓްރިޝަން އިންފޭންޓް ފޯމިއުލާ"އިން ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ފެނިފައިވުމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އެ އޮތޯރިޓީއަށް ހިއްސާކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް