އައިއެމްޑީސީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެ ނިޔާވި މައްސަލައެއް ބަލަނީ

ދަޕްރެސް

24 ނޮވެމްބަރު 2025 | ހޯމަ | 3:06

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތް އަންހެނަކު ކުއްލިއަކަށް ހާލު ދެރަވެ، ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ (28އ) ނިޔާވީ މިއަދުގެ ފަތިހުގައެވެ.

އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ މާބަނޑުމީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އިރު ރޭގެ ފަތިހުގެ ވަގުތާ ހަމައަށް ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. އަދި މެޑިކަލްޓީމާ އެކު މާބަނޑު އަންހެންމީހާ ދިޔައީ ކަންތައްތައް ހިއްސާކޮށް ވާހަކަ ދައްކަމުން ކަމަށާއި އެއްވެސް ކަހަލަ އިތުރު މައްސަލައެއް ފާހަގަވެފައި ނުވާކަމަށެވެ.

މައުޟޫޢުތަށް