މައްޗަންގޮޅީގައި ދިރިއުޅޭ ރައްޔިތުންނާ، ރައީސް މާދަމާ ރޭ ބައްދަލުކުރައްވަނީ
ދަޕްރެސް
24 ނޮވެމްބަރު 2025 | ހޯމަ | 6:18
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ، މައްޗަންގޮޅީގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވި އިއުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން، މައްޗަންގޮޅީ ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 25 ވާ އަންގާރަ ދުވަަހުގެރޭ 20:30 އަމީނިއްޔާ ސްކޫލްގައި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި މި ބައްދަލުވުމަށް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.