2028ގެ އިންތިހާބަށް ނަޝީދުގެ ފޯމިއުލާ: "ރަނގަޅުވާނީ ސޯލިހާއި އަޅުގަނޑުވެސް ނުނިކުތުން"
ދަޕްރެސް
24 ނޮވެމްބަރު 2025 | ހޯމަ | 8:38
އެމްޑީޕީއާ ގައުމަށް އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނު ވެސް ވާދަ ނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލިސް މެންބަރުންނާއި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ނަޝީދު ވަނީ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށާއި ދިވެހި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ސޯލިހާއި އެ މަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށާއި އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.