ގާޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އިޒްރޭލާއިން އެމެރިކާއިން ހިންގި އޮޕަރޭޝަން ހުއްޓާލަނީ

ދަޕްރެސް

25 ނޮވެމްބަރު 2025 | އަންގާރަ | 1:54

އެމެރިކާގައި އޮންނަ އިސްލާމުންނާ ދެކޮޅު ގޭންގެއް ކަމަށް ވާ 'އެންޓި އިސްލާމް ބައިކާ ގޭންގް' އިން ސަލާމަތީ ކަންކަން ބަލަހައްޓާ އެހީގެ މަސައްކަތް ހުއްޓާލަން ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ނިންމައިފިއެވެ.

ފާއިތުވި ހައެއްކަމަސް ވާންދެން ގާޒާގެ 3 ސަރަހައްދެއްގައި އެހީބަހާ ކޭމްޕް ހަދައިގެން މި ގްރޫޕުން ގެންދިޔައީ ގާޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކުރަމުންނެވެ. އެހީ ބަހާ ކަމުގެ ނަމުގައި އެ ކޭމްޕްތަކުގެ ކައިރިއަށް ރައްޔިތުން އެއްކޮށް، ބަޑިޖަހާ ޝަހީދު ކުރާ މަންޒަރުތައް ބައިނަލްއަގުވާމީ މީޑިއާތަކުން ދައްކާފައި ވެސް ވެއެވެ.

3 ކޭމްޕެއް ހަދައިގެން އިޒްރޭލާއި އެމެރިކާއިން އެ ތަންތާނގައި ކޮންމެވެސް ވަރަކަށް އެހީގެ ތަކެތި ބަހާ ހަދާފައި ވެސް ވެއެވެ. އަދި ބައެއް ދުވަސް ދުވަހު ރައްޔިތުން އެއްކޮށް އެއްވެސް އެހީއެއް ނުދީ އަނބުރާ ފޮނުވާލައިފައިވެސް އެބަހުއްޓެވެ.

މައުޟޫޢުތަށް