އަތޮޅު ކައުންސިލް އުވާލާ އިސްލާހު 75 ވޯޓުން ފާސްކޮށްފި

ދަޕްރެސް

25 ނޮވެމްބަރު 2025 | އަންގާރަ | 2:06

އަތޮޅު ކައުންސިލް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު 75 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ ނިޒާމުގައި މިހާރު އޮންނަ އަތޮޅު ކައުންސިލްތައް އުވާލުމަށް ހުސްވި ހަފްތާގައި މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސް ކުރި އިރު، އަތޮޅު ކައުންސިލްތައް އުވާލަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 12 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހާ މެދު ގޮތް ނިންމީ މުޅި މަޖިލީސް ހިމެނޭ ކޮމިޓީއަކުންނެވެ.

މައުޟޫޢުތަށް