އައިއެމްސީޓީސީއިން ރާއްޖޭގައި އަސްކަރީ 2 އިނީޝިއޭޓިވް އިފުތިތާހުކޮށްފި
ދަޕްރެސް
25 ނޮވެމްބަރު 2025 | އަންގާރަ | 3:46
ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ޑިފެންސް މިނިސްޓްރީއާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބާސެލޯ ނަސަންދުރައިގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީއިން އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ "ކޮމްޕިޓެންސް" ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.