ހުޅުމާލެ 3 އަދި ގިރާވަރުފަޅު ހިއްކަން ގެންނަ ޑްރެޖަރު އަތުވެއްޖެ، މަސައްކަތް ހަލުއިވާނެ: ރައީސް
ދަޕްރެސް
25 ނޮވެމްބަރު 2025 | އަންގާރަ | 5:47
ހުޅުމާލޭ 3 އަދި ގިރާވަރުފަޅު ހިއްކުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަޖަރު ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި ޑްރަޖަރުން، މިހާރު ހުޅުމާލެ ފޭސް 3 ހިއްކަމުން އަންނަ ޑްރެޖަރާއެކު މާދަމާ މަސައްކަތް ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެއާއެކު ގިރާވަރު ފަޅުގައި ހިއްކާ ސަރަހައްދު ފާހަގަކުރަން ބަންޑްލް ވޯލް ޖެހުމުގެ މަސައްކަތް އީއައިއޭ އަދި އެހެނިހެން ކަންކަން ނިމުމުން ފަށާނެކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.