ރަޝިއާއާ އެކު ސުލްހަވުމަށް އެމެރިކާއިން ހުށަހެޅި ޕްލޭނަށް އެއްބަސް ވެވޭ: ޔޫކްރައިން

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 9:02

ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާ ހުށަހެޅުމަށް އުސޫލެއްގެ ގޮތުން އެއްބަސް ވެވޭ ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.

ޖުމްލަ 28 ނުކުތާއެއްގެ މައްޗަށް އޮތް އެ ޕްލޭނަކީ، އެތައް ހަފްތާއެއް ވާން ދެން ޔޫކްރައިން އާއި އެމެރިކާގެ އޮފިޝަލުން ބައްދަލުކޮށް ކޮށައި މަށާ ހަދާފައިވާ ޕްލޭނެކެވެ.

އެ ޕްލޭނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، ދެފަރާތުގެ މަޝްވަރާއާއެކު ކަންކަން އެއްގޮތް ކުރެވިފައި ވާ ކަމަށެވެ. އަދި މި ކަމުގައި ކުރިއަށް ދިޔުމަށް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ގެ އަރިހަށް ވަޑައިގަތުމަށް ދަންނަވާފައި ވާ އިރު، އާމީ ސެކްރެޓަރީ ޑޭން ޑްރިސްކޮލް، ޔޫކްރައިން އަށް ވަޑައިގެން ރައީސް ވްލަޑިމިއާ ޒެލެންސްކީ އާ ބައްދަލު ކުރެއްވުމަށް ދަންނަވާފައި ވާ ވާނެކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މައުޟޫޢުތަށް