ސަރުކާރުގެ ވިސްނުމަކީ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިންއަކާއެކު ޕާކެއް ތަރައްގީކުރުން: ރައީސް

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 10:21

ސަރުކާރުގެ ވިސްނުމަކީ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިންއަކާއެކު ޕާކެއް ތަރައްގީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ މާލޭ މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަރަބިއްޔާ ސްކޫލް ހުރި ބިމުގެ ބޭނުން މައްޗަންގޮޅީގެ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަކަށް ބޭނުންކުރެވޭނެ ގޮތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރެއްވުމުގެ ފުރުސަތު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލް އިމާރާތް ބާވެ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 11000 އަކަފޫޓުގެ އެބިން ތަރައްގީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ އެތަނުގައި ޕާކިންއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް