ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫ ކަރަންޓު ކެޕޭސިޓީ 17 މެގަ ވޮޓަށް އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ނަޖާހް

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 10:22

ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫ ކަރަންޓު ކެޕޭސިޓީ 17 މެގަ ވޮޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ނަޖާހް ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލައަކީ މި ސަރުކާރު އައުމުގެ މާކުރިންވެސް އޮތް މައްސަލައެއް ކަމަށާއި މިއަދު މި މައްސަލަ ދިމާވެގެން އުޅެނީ، މީގެކުރިން މިކަން ހައްލު ކުރުމަށް މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށެވެ.

އިތުރަށް ނަޖާހް ވިދާޅުވީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2019 އިން ފެށިގެން 2023 އަށް 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ދައްކާ ކަމަށެވެ. މީގެތެރެއިން 2 ޖަނަރޭޓަރެއް ފިޔަވައި ހުރިހައި ޖަނަރޭޓަރެއް ހަލާކުވެފައިވާކަން ފާހަގަކޮށް ނަޖާހް ވިދާޅުވީ އެ ޖަނަރޭޓަރުތައް ހެދުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް