ރިސޯޓު ތަރައްގީ ކުރަން ސަރުކާރު ކުންފުނިތަކަށް ރަށާއި ބިން ދެވޭ އިސްލާހެއް ހުށަހަޅައިފި

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 1:20

ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ސިނާއަތުގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންއެވެ.

މިހާރު ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާ އޮންނަ ގޮތުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށެވެ. އަދި ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު، އެތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުށްޔަށް ދިނުމުންނެވެ.

މައުޟޫޢުތަށް