ރައުދުގެ އަދަބު ލުއިކޮށްދިނުމުން ޖަލު ހުކުމެއް ތަންފީޒުކުރާކަށް ނުޖެހުނު

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 3:43

ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ކުށަށް އިއުތިރާފުވުމުން 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއްކަމުގައިވާ އިރު އޭނާ ކުށަށް އިއުތިރާފުވުމުން، އޭނާގެ އަދަބު 27 ދުވަހުގެ ޖަލު އަދަބަކަށް ވަނީ ލުއިކޮށްދީފައެވެ.

އަދަބު ލުއިކޮށްދިންއިރު، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު، ހުކުމަށްވުރެ އިތުރުވުމުން އޭނާ ދެން އިތުރަށް ތަންފީޒުކުރަން ޖެހޭ ހުކުމެއް ނެތްކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް