ހުޅުމާލޭގައި އަޅާ ވަގްފު އިމާރާތުގެ ބިންގާ ރައީސް އަޅުއްވާދެއްވައިފި

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 4:22

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު އިމާރާތުގެ ބިންގާ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ.

ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރްސީސީ އާ ހަވާލުކޮށްގެން ތަރައްގީކުރާ 12 ފަންގިފިލާގެ މި މަޝްރޫއަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރުދުވަހުގެ ތެރޭގައެވެ.

މައުޟޫޢުތަށް