މާލޭގައި ފެންބޮޑުވެ، 7 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިން ފެން ހިންދަނީ
ދަޕްރެސް
26 ނޮވެމްބަރު 2025 | ބުދަ | 4:25
ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވަނީ އިންޒާރު ދީފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށާއި ވައި ބާރުވެ ވިލާގަނޑޫގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވާއިރު މިއަދު މެންދުރު ފަހުން ފެށިގެން މާލެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ.