ގާނޫނާ ހިލާފަށް އަމަލުކުރިކަން ސާބިތުވެ، ގާޒީ ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅަނީ

ދަޕްރެސް

26 ނޮވެމްބަރު 2025 | ބުދަ | 6:43

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރު ފާއިޒް އަމަލުކޮށްފައިވާކަން، ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

އަދި އޭނާގެ މި އަމަލަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 2.1 އާއި، 3.1 ގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް