100 އަހަރަށްދާ ވިލިމާލޭ ނިކަގަހުގެ ހަނދާންތައް އާ ކުރައްވަމުން ނަޝީދު އެދިވަޑައިގެންނެވީ ގަސްތައް ނުކަނޑަން
ދަޕްރެސް
26 ނޮވެމްބަރު 2025 | ބުދަ | 7:14
ވިލިމާލެ ނިކަގަސްތައް ކަނޑައިނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްލުކުުރެއްވުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި، ވިލިމާލޭގައި ދިރިއުޅޭ ބައެެއް ރައްޔިތުން ވަނީ، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ.
މިގޮތުން، ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ، ވިލިމާލޭ ފުލުހުންގެ މަރުކަޒާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަހުގެ މޫތަކާ ހެދި ދިމާވާ އުނދަގޫތަކެވެ.