ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާ ނަގަން ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފި
ދަޕްރެސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 10:18
ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން، އެ ރަށުގެ ރައްޔިތުންގެ ރުހުމާއެކު ތިނަދޫ ސިޓީ ކައުންސިލުން، ނިންމައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ މި ގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ތިނަދޫ ސިޓީ ކައުންސިލުން އޭރު ބުނީ، މިނިންމުން ނިންމީ އެ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
ތިނަދޫ ކައުންސިލްގެ ނިންމުން ގަވައިދާ ހިލާފު ކަމަށް ބުނެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ރަށްވެހިކަން ބަދަލުވާނަމަ ފީއެއް ނަގާ ގޮތަށް ތިނަދޫ ކައުންސިލުން އޭރު ނިންމި ނިންމުން އަނބުރާ ގެނައުމަށް ގޮވާލާފައެވެ.