ހޮންކޮންގް: 1984 އެޕާޓުމަންޓާއި 4600 ފްލެޓް ހިމެނޭ 8 ޓަވަރުގައި ރޯވެ 44 މީހުން މަރުވެއްޖެ
ދަޕްރެސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 8:37
ހޮންކޮންގުގެ އުތުރުބިތުގެ ތައި ޕޯ ޑިސްޓްރިކްޓުގައި އާންމު ދިރިއުޅުމަށް ހަދާފައި ހުރި ޓަވަރުތަކެއްގައި ރޯވެ ހިނގި ބޮޑު ހާދިސާއެއްގައި 44 މީހަކު މަރުވެއްޖެއެވެ.
30 ބުރީގެ ޖުމްލަ 8 ޓަވަރު ހިމެނޭ އެޕާޓްމަންޓް ބިލްޑިންގްތަކުގައި ރޯވެ ހުރިހާ އިމާރާތެއް އެއްކޮށް އަނދާފައި ވާ އިރު، އެއީ ގާތްގަނޑަކަށް 300،000 އެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކޮށްފައި އޮތް ތަނެކެވެ. އެތަނުގައި 1984 އެޕާޓުމަންޓާއި 4600 ފްލެޓް ހުންނަ އިރު، މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 300 މީހަކު ގެއްލިފައި ވާ ކަމަށް އިދާރާތަކުން ބުނެއެވެ.
އަދި މިވަގުތުވެސް ހޮސްޕިޓަލްތަކުގައި ގިނަ ބަޔަކަށް ފަރުވާ ދެމުން ގެންދާ އިރު އޭގެ ތެރެއިން 45 މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ހަބަރު ލިބެއެވެ.