ސިފައިން ނިކުމެ ގިނީ ބިސާއޫގެ ވެރިކަން ވައްޓާލައިފި
ދަޕްރެސް
27 ނޮވެމްބަރު 2025 | ބުރާސްފަތި | 10:56
ގިނީ ބިސާއޫގައި ނިމިދިޔަ އިންތިހާބުގައި ވާދަ ކުރި 2 ކެންޑިޑޭޓުންނަށް ދާދި ހަމަހަމަ ނަތީޖާއެއް ލިބުމާއެކު 2 ކެންޑިޑޭޓުންވެސް ކާމިޔާބީ އިއުލާނު ކުރުމުން ސިފައިން ނިކުމެ ވެރިކަން ވައްޓާލައިފިއެވެ.
'ހައި މިލިޓަރީ ކޮމާންޑް ފޮ ދަ ރިސްޓޯރޭޝަން އޯޑަރ' ގެ ނަމުން ނަންދީފައިވާ ވާ ކަމަށް ބުނާ އަސްކަރީ އޮފިސަރުންތަކެއް ނިކުމެ ގައުމުގެ ކޮންޓްރޯލް ނަގާފައި ވާކަން އިއުލާން ކޮށް ބުނެފައި ވަނީ، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދިޔަ ހުރިހާ މަރުހަލާއެއް ހުއްޓާލުމަށެވެ. އަދި ކާފިއު އިއުލާން ކޮށް، އެއްގަމާއި ވައި އަދި ކަނޑު މަގުގެ ހުރިހާ ދޮރާއްޓެއް ވަނީ ބަންދު ކޮށްފައެވެ.
އަސްކަރިއްޔާއިން ކޮންޓްރޯލް ނެގިކަން އިއުލާން ކުރުމުގެ ކުރިން، އިލެކްޝަން ކޮމިޝަންގެ އިދާރާ އާއި ރިޔާސީ ގަނޑުވަރާއި ދާއހިލީ ވުޒާރާގެ ކައިރިން ބަޑީގެ އަޑުފައްގަނޑު އިވިގެން ދިޔަ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.