ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިގެން މީހަކު މަރުވެއްޖެނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ

ދަޕްރެސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:28

ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ އުޅަނދު ދުއްވި މީހާ 20 އަހަރަށް ޖަލަށްލެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

"އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލަން ހުށަހެޅި މި ބިލުގައި ވަނީ ނުރައްކާތެރިކޮށް ދުއްވުން މާނަ ކުރެވޭނެ ގޮތާއި އިތުރުކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވުމަކީ ކުށެއްކަން ފާހަގަކޮށް އެ ބިލުގައި ބުނެފައިވަނީ އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށްލުން ކަމަށެވެ. އަދި ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއްވެއްޖެނަމަ، އެ ކުށް ކުރި މީހާގެ އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މައުޟޫޢުތަށް