މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ހައިކޯޓުގެ މުވައްޒަފުން ޑީޖޭއޭއަށް ހިނގައްޖެ

ދަޕްރެސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:54

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންކާ ގުޅިގެން ހައި ކޯޓުގެ މުވައްޒަފުން ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހިނގައްޖެއެވެ.

އެ ކޯޓުގެ މުވައްޒަފުން އެތަނަށް ގޮސްފައި ވަނީ މުސާރައިގެ މައްސަލާގައި ޑީޖޭއޭގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާއާ ބައްދަލުކުރާ ށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައިނުވާއިރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުގެ އާންމު މިންގަނޑު އޮތް ގޮތުން ލީގަލް އޮފިސަރުންނަށް ޒިންމާތައް ގިނަވިޔަސް، އެ ޒިންމާތަކާ ނުބައްދަލު ގޮތަކަށް މުސާރަ ކަނޑައަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް