ޖިންސީ ފުރައްސާރަކުރިކަން އއ. ފެރިދޫ ކައުންސިލްގެ ރައީސްގެ މައްޗަށް ސާބިތުވެ، ސަސްޕެންޑުކޮށްފި

ދަޕްރެސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 4:20

މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން މުސާރަ ނުލިބޭ ގޮތަށް އއ. ފެރިދޫ ކައުންސިލް ރައީސް އިސްމާއީލް ޝާހު މިއަދު ސަސްޕެންޑު ކޮށްފިއެވެ.

އެ ކައުންސިލް އިދާރާގައި މަސައްކަތްކުރި އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ސެޕްޓެމްބަރު 21، 2025 ގަ އެވެ. ޓްރައިބިއުނަލުގެ ނިންމުމާއެކު އެލްޖީއޭއިން އިންކުއަރީއެއް ހަދައި އެ އަށް ޖަވާބުދާރީ ވުމަށް ޝާހުއަށް ހަތް ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި އެ އިންކުއަރީން ފާހަގަވި ކަންކަން މިއަދު އާއްމުކޮށްފައިވާއިރު ޓަރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރެވެން އޮތް މުއްދަތުގައި، މައްސަލަ އިސްތިއުނާފު ކޮށްފައިނުވާކަން އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެހެންވެ، އެ އޮތޯރިޓީން ނިންމީ ޝާހު ޖިންސީ ފުރައްސާކުރުމާ، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށާއި އޭގެ ސަބަބުން ކައުންސިލުގެ މުވައްޒަފުންނާއި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް