ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ދަޕްރެސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 5:36

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު މި ހިދުމަތް ފަށަން ހަަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. އެގޮތުން މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ 2 ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރެވެ.

މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއަކަށްވާއިރު، މި ފެރީގެ 2 ސީޓު އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައި ވެއެވެ.

މައުޟޫޢުތަށް