މޫޑީސްއިން ރާއްޖޭގެ ރޭޓިން ސްޓޭބަލްއަށް މަތިކޮށްފި، އިގްތިސޯދީ މަގަށް އޮތް އިތުބާރު އިއާދަވެއްޖެ: ޒަމީރު

ދަޕްރެސް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 5:39

މޫޑީސްގެ ރޭޓިން މަތިވުމާ އެކު ރާއްޖޭގެ އިގްތިސޯދީ މަގަށް އޮތް އިތުބާރު އަލުން އިއާދަވެގެން ހިނގައްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހައްޓާފައެވެ. ނަމަވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައިޓްލުކް ކުރިން އޮތް ރޭޓިން ނެގެޓިވް އިން ސްޓޭބަލްއަށް ވަނީ މަތިކޮށްފައެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ސްޓޭބަލްއަށް މަތިކޮށްފައި ވުމާއެކު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކޮށް، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަރުދަނާކޮށް، ބަޖެޓް މިހާރަށް ވުރެ ޒިންމާދާރު ގޮތެއްގައި ހހޭދަކުރައްވާފައިވާ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ބޭރުގެ ފިއްތުންތައް ކުޑަވެ، ރާއްޖޭގެ އިގްތިސޯދީ މަގަށް އޮތް އިތުބާރު އަލުން އިއާދަވެގެން ހިނގައްޖެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މައުޟޫޢުތަށް