ބޭރު މީހުން ވިޔަފާރިކުރުން މަނާ ދާއިރައިން ބިދޭސީން ވިޔަފާރި ކުރާނަމަ ރިޕޯޓް ކުރޭ: އިކޮނޮމިކް މިނިސްޓްރީ

ދަޕްރެސް

28 ނޮވެމްބަރު 2025 | ހުކުރު | 9:44

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގައި ބޭރު މީހުން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު އިނގޭ ނަމަ އެކަން ލަސްނުކޮށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިުލާނެއްގައި ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މައުޟޫޢުތަށް