ރައްޔިތުންގެ ބައްދަލުވުންތަކުގައި ދުރާލާ ސުވާލު ހުށަހަޅަންޖެހޭ ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ހީނާ

ދަޕްރެސް

28 ނޮވެމްބަރު 2025 | ހުކުރު | 1:23

މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއެކުގައި ބާއްވަވާ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ކުރައްވަން ބޭނުންވާ ސުވާލުތައް ދުރާލާ ހުށަހަޅަން ޖެހޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާ އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ރައީސް މިހާރު ދަނީ މާލޭ ސަރަަހައްދުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް އެކި ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން ވިލިމާލޭގެ ރައްޔިތުންނާ އެކުގައި ބާއްވާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެރޭ ވިލިމާލޭގައެވެ.

އަދި އެއަށްފަހު މާލޭ މައްޗަންގޮޅި ރައްޔިތުންނާ މި މަހުގެ 25 ވަނަ ދުވަހު ބައްދަލު ކުރައް،ވާ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައި ވެއެވެ. އެ ބައްދަލުވުމުގައި ރައްޔިތުން ރައީސާ އަމާޒު ކުރެއްވި ހޫނު ސުވާލުތަކާ ގުޅިގެން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި މަޖިލީހުގެ މެންބަރަކު ވަނީ، ރައީސް ބާއްވަވަން ނިންމަވާފައިވާ ބައްދަލުވުމެއްގައި ކުރާނެ ސުވާލުތައް ދުރާލާ ފޮނުވައިދިނުމަށް އެދި ދާއިރާގެ މެންބަރުންގެ ގްރޫޕަކަށް މެސެޖުކޮށްފައެވެ.

މައުޟޫޢުތަށް