ތޫފާނާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ: މެޓް

ދަޕްރެސް

28 ނޮވެމްބަރު 2025 | ހުކުރު | 1:22

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ، ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި، މި ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ލަންކާގެ އުތުރު އައްސޭރިފަށުގައި ކަމަށެވެ.

އަދި މި ތޫފާން ދަތުރު ކުރަމުން ދަނީ އުތުރުހުޅަނގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ، އަދި އަންދްރާ ޕްރަދޭޝްގެ ދެކުނުގެ އައްސޭރިފަށާއި ދިމާއަށް، ރާއްޖެއާ ދުރަށް ކަމަށް ވެއެވެ.

މައުޟޫޢުތަށް