ކުރިއަށް އޮތް 24 ގަޑިއިރު އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ލަންކާއަށް ގުޅޭނެ!
ދަޕްރެސް
28 ނޮވެމްބަރު 2025 | ހުކުރު | 4:46
ކުރިއަށް އޮތް 24 ގަޑިއިރު ހިލޭ ސްރީލަންކާއަށް ކޯލު ކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދީފިއެވެ.
އުރީދޫއިން ބުނީ މިއި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެ ކުންފުނިން ދިން ފުރުސަތެއް ކަމަށެވެ.
އެގޮތުން މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.