ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން ޔާފިސް 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ދަޕްރެސް

28 ނޮވެމްބަރު 2025 | ހުކުރު | 5:30

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ނަޝީދަށް އިންޒާރުދިން މައްސަލާގައި ޔާފިސް ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ރ. މީދޫއިންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިީހުން ބުނީ ރައީސް ނަޝީދު މަރަން ހަމަލާދޭނެ ކަމަށް ޔާފިސް 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށާއި ފުލުހުންގެ ހިދުމަތުގެ ތަހުގީގުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

މައުޟޫޢުތަށް