އެއްފަހަރާ 2 ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް 3ގެ ބިން ހިއްކަން ފަށައިފި
ދަޕްރެސް
28 ނޮވެމްބަރު 2025 | ހުކުރު | 9:29
އެއްފަހަރާ 2 ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް 3ގެ ބިން ހިއްކަން ފަށައިފިއެވެ.
މިކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ހިއްކުމުގެ މަސައްކަތް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށް ރައީސް ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ. އަދި އެ ޑްރެޖަރު ހުޅުމާލެ ފޭސް 3 ހިއްކަމުން އަންނަ ޑްރެޖަރާއެކު މަސައްކަތް ފަށާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.