ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެމްއެސްއެމްއީ އެވޯޑު 21 ފަރާތަކުން ހޯދައިފި

ދަޕްރެސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 11:46

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަގުވަޒަންކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެމްއެސްއެމްއީ އެވޯޑު 21 ފަރާތަކުން ހޯދައިފިއެވެ.

މި އެވޯޑު ކުރިއަށް ގެންގޮސްފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އާންމުންގެ ވޯޓުން ހޮވާ ގިންތިއަކާއި، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއެވެ.

މިއެވޯޑު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި އެންމެ ޝަރަފުވެރި 3 އެވޯޑު ކަމަށްވާ އަހަރުގެ މައިކްރޯ އެމްއެސްއެމްއީ އޮފް ދަ އިޔާ، ސްމޯލް އެމްއެސްއެމްއީ އޮފް ދަ އިޔާ އަދި މީޑިއަމް އެމްއެސްއެމްއީ އޮފް ދަ އިޔާ ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހިމެން މިނިސްޓަާ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ.

މައުޟޫޢުތަށް