މާލެއިން ހުޅުމާލެއަށް ދާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ
ދަޕްރެސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 11:54
މާލެއިން ހުޅުމާލެއަށް ދާ ހައިވޭ ލޭންގެ 4 ލޭން ނިމޭ ހިސާބުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓުވެފައިވާ ކަމުގައި މައުލޫމާތު މިއަދު 09:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހަނަކަށާއި ސައިކަލު ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދެ މީހުންނަށްވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.