ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށާއި، އެހީތެރިކަން ބޭނުންނަމަ ހައިކޮމިޝަނަށް ގުޅުމަށް އެދިއްޖެ

ދަޕްރެސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 12:46

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ކުރިމަތިވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް ލައްކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނެފިއެވެ.

ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައިވަނީ ވަނީ ސްރީލަންކާގައި ދިރިއުޅޭ އަދި ސްރީލަންކާއަށް ދަތުރުކުރާ ދިވެހި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށާއި، ހާއްސަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.އަދި ބޯކޮށް ވާރޭވެހުމާއި ވައިގަދަވާ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށާ، ލަންކާގެ މޫސުމާއި ބެހޭ އިދާރާގެ އެންގުންތަކުގެ މައުލޫމާތު ހޯދާ، އެއަށް އަމަލުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށާ، މުހިންމު ލިޔެކިޔުންތަކަށް ސަމާލުވުމުގެ އިތުރުން މޯބައިލް ފޯނު ޗާޖު ކޮށްފައި ބޭއްވުން ފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި ލަންކާއިން މާލެ ދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުގެ މައުލޫމާތު ރަނގަޅަށް އޮޅުންފިލުވައި، ދުރާލާ އެއާޕޯޓަށް ދަތުރު ފެށުމަށްވެސް ވަނީ އެދިފައެވެ.

މައުޟޫޢުތަށް