ލަންކާއަށް އަރާފައި ބާރުގަދަ ތޫފާނުގައި 123 މީހުން މަރުވެ 130 ގެއްލިފައި ވާކަމަށް ރިޕޯޓުކޮށްފި
ދަޕްރެސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 12:43
ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގައި މިހާތަނަށް 123 މީހަކު މަރުވެ 130 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައި ވާ ކަމަށް އިދާރާތަކުން ބުނެފިއެވެ.
ޖުމްލަ 12 ޑިސްޓްރިކްޓެއްގައި ފެބޮޑުވެފައި ވާއިރު ބިމުގެ އުސް ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރުން، ބާރު ވަޔާއެކު އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފައެވެ.
ލަންކާ އަކީ މިހާރުވެސް 2000 އެއްހާ ދިވެހިން ދިރިއުޅޭ ތަނަކަށް ވާއިރު، ބައެއް ދިވެހިން މައުލޫމާތު ދީފައި ވާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫ އަރާ އާންމު ދިރިއުޅުމުގެ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މުވާސަލާތީ ބައެއް ހިދުމަތްތަކަށް ބުރޫއަރާފައި ވުމުގެ ސަބަބުން މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް ގޮންޖެހުންތައް ކުރިމަތިވެފައި ވާކަމަށާއި، މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން އާންމު ވިޔަފާރިތައް ބަންދުވެ ކަބޯތަކެތި ވިއްކާ ތަންތަންވެސް ބަންދުވެފައި ވާކަމަށް ބުނެއެވެ.