މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިއްޖެ
ދަޕްރެސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 3:05
މިއަދު، މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު ހ. ވިލާ ޓީވީ ކައިރީ ހުންނަ އަލް-ޒައިކާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި ފަޔާފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މި ކެފޭގައި ރޯވި އަލިފާން މިއަދު 13:07 ހާއިރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް މިންވަރަކަށް ފިހުނު ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައިނުވާކަމަށެވެ. މި ހާދިސާގައި ކެފޭގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ.