ރާއްޖެއަށް ކުރަނީ ތޫފާނުގެ އަސަރު، ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު!

ދަޕްރެސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 3:34

ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަކާއެކު ކުރަމުންދާ ވިއްސާރަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނީ މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. ލަންކާ ސަރަޙައްދުގައއި އުފެދިފައިވާ ތޫފާން މިހާރު ރާއްޖެ އާއި ދުރަށް ދަތުރުކުރަމުން ދާކަން ފާހަގަކޮށް މެޓުން ބުނީ އެހެންނަމަވެސް މިތޫފާނުގެ ސަބަބުން އުފެދިފައިވާ ވިއްސާރަ ވިލާތަށް ރާއްޖެ ސަރަހައްދަށް އަރަމުންދާ ކަމަށެވެ. އޭގެ ސަބަބުން މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މިގޮތުން މެޓުން ވަނީ ކ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މިދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް ވިއްސާރައިގެ އަސަރުކުރަމުން އަންނައިރު މެޓުން ބުނީ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހުކަމަށެވެ. ނަމަވެސް، މޫސުން އެއްކޮށް އަލިނުވާނެކަމަށް މެޓުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް