ލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން މާދަމާ ޓެލެތޯންއެއް ބާއްވަނީ

ދަޕްރެސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 9:03

ހާލުގައި ޖެހިފައިވާ ސްރީލަންކާއަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޓެލެތޯނެއް ހިންގަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފިއެވެ.

މި ޓެލެތޯން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 އިން މެންދަމު 1:00 އާ ހަމައަށެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ސްރީލަންކާއަށް އެހިވުމަށްބާއްވާ މި ޓެލެތޯންއާ ގުޅިގެން ޕީއެސްއެމް އިން ބުނީ، ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާ ނުހަނު ގާތް ރަހުމަތްތެރި ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަހުމަތްތެރި ގައުމެއް ކަމަށެވެ.

މައުޟޫޢުތަށް