އެސްޓީއޯ އާއި ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުން ފާހަގަކޮށްފި
ދަޕްރެސް
29 ނޮވެމްބަރު 2025 | ހޮނިހިރު | 9:05
އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕަރޓްނަރޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.
މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި ރޭ ބާސެލޯ ނަސަންދުރަގައި ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ ރަމްޒުކޮށް ދިނުމަށް ރޭ ބޭއްވި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި ހަފްލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަ އަދި ކުންފުނީގެ އިތުރު ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމައެއާއެކު، އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު، އެސްޓީއޯގެ ބޯޑު މެންބަރުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް އަދި މީގެ އިތުރުން އެސްޓީއޯގެ ކުރީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގެންފައެވެ.