ހަށިވިއްކާ ތުހުމަތުގައި ތިނަދޫ ގެއެއް ފާސްކޮށް ދިވެހި ފިރިހެނަކާއި ތައިލޭންޑް އަންހެނަކު ހައްޔަރުކޮށްފި

ދަޕްރެސް

29 ނޮވެމްބަރު 2025 | ހޮނިހިރު | 11:00

ގދ. ތިނަދޫގައި ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ގެއެއް ބަލައި ފާސްކޮށް ބަދުއަހްލާގީ އަމަލު ހިންގަން ތިބި ދިވެހި ފިރިހެނަކާއި ތައިލެންޑް އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ 11:30 ހާއިރު އެ ރަށު ގެއެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. އެ ގޮތުން އެގެ ބަލައި ފާސްކޮށް ދިވެހި ފިރިހެންަކާއި ތައިލޭންޑް އަންހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ދިވެހި ފިރިހެން މީހާއަކީ އުމުރުން 52 އަހަރުގެ ފިރިހެނެއް ކަމަށާއި ތައިލޭންޑް އަންހެން މީހާއަކީ އުމުރުން 39 އަހަރުގެ މީގެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންގެ ވެސް ހައްޔަރުކޮށްފައި ވަނީ ބަދުއަހްާގީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުހުން ބުނެއެވެ.

މައުޟޫޢުތަށް