'ވެނެޒުއޭލާގެ ވައިގެ ސަރަހައްދު ބަންދު' ކަމަށް ބުނެ އެމެރިކާއިން އުޅެނީ އަޅުވެތިކުރަން: ވެނެޒުއޭލާ

ދަޕްރެސް

30 ނޮވެމްބަރު 2025 | އާދިއްތަ | 10:40

ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށާއި، އެކަން ކުރުމަށް ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީ ގޮއްވާލާނެ ކަމުގެ އިންޒާރަށް ފަހު، ވެނެޒުއޭލާގެ ވައިގެ ސަރަހައްދުވެސް ބަންދު ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކަނޑުމަގުން ދަތުރު ކުރާ އުޅަނދުތައް ގޮއްވާލުމުގެ އިންޒާރާއެކު އެކަން އެމެރިކާއިން ކުރަމުން ދާ އިރު ދަތުރު ކުރަނީ ކޮން ބައެއްކަމެއް، އުޅަނދުގައި ހުރީ ކޮންއެއްޗެއް ކަމެއް ހާމަ ކުރުމެއް ނެތި މިހާތަނަށް 22 އުޅަނދެއް ވަނީ ގޮއްވާލާފައެވެ.

އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް ވަނީ، ވެނެޒުއޭލާއަށް ބިރު ދެއްކުމުގެ ގޮތުން، އެމެރިކާގައި އޮންނަ އެންމެ ބޮޑު މަނަވަރާއި މިސައިލާއިން އެނޫންވެސް ހަތިޔާރުން ބަރާކޮށްފައި އޮތް އިތުރު މަނަވަރެއް ވެނެޒުއޭލާގެ ކައިރިއަށް ފޮނުވާފައެވެ. އެމެރިކާގެ އެންމެ ބޮޑު މަނަވަރުގައި ފައިޓާ ޖެޓުގެ 75 ބޯޓާއި ބޮން އަޅަން ގެންގުޅޭ ބޮމްބާގެ 1 ބޯޓާއި ހެލިކޮޕްޓަރުގެ އިތުރުން 15،000 ސިފައިންނަށް ތިބެވެއެވެ. މިސައިލާއި އެނޫންވެސް އާލާތްތައް ފޮނުވަން ތައްޔާރު ކޮށްފައި އޮންނަ މަނަރުގައި 7،000 ސިފައިންނަށް ތިބެވެއެވެ.

މައުޟޫޢުތަށް