ހުޅުމާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 11:39
ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. ދުވާވަރު - ސިކްސެންސް ޝިބާ ރަޝީދު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ ޝިބާ މިދިޔަ ހުކުރު ދުވަހު ފަތިހު 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ހުކުުރު ދުވަހު ރިޕޯޓުކޮށްފަައިވާ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.