މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 12:37
މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި އެފައިސާތައް ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، އެފައިސާތައް ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބ. ތުޅާދޫ / މަންޒަރުގެ، އުމުރުން 23 އަހަރުގެ މުހައްމަދު ޝާވިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޝާވިން ހައްޔަރު ކޮށްފައި ވަނީ ޑޮލަރު މާރުކުރުމަށް ވައިބާ ގްރޫޕަކުން ފެނުނު ފަރާތަކަށް 1،250 ޑޮލަރު ޓްރާންފާ ކުރުމުން އެ ޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ކަމަށެވެ. ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިކަވާ ކޮށްފައިވާ ކަމަށާއި އިތުރު 2 މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވާކޮށްފައި ވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.