މަރުވެފައި އޮތް މީހަކު ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން ފެނިއްޖެ
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 1:46
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެސްޓް ހައުސްއެއްގެ ރޫމެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު 12:14 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.