ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީ ޑިސެމްބަރު 27ގައި، ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 3:46
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.
ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީ ޕީޖީ ލީޑަރު އަދި އެ ޕާޓީގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ.
މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް ޕީއެންސީ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕީއެންސީގައި މީހާރު ރަޖިސްޓްރީވެފައިނުވާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕާޓީގައި ރަޖިސްޓްރީވެ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފަލާހް ވަނީ ވިދާޅުވެފައެވެ.