ސިލޯނާއެކު ދިވެހިން ޓެލެތޯނަށް 7 ގަޑިއރު ތެރޭ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ދަޕްރެސް

30 ނޮވެމްބަރު 2025 | އާދިއްތަ | 4:36

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގައި 7 ގަޑިއިރު ތެރޭ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ލިބިއްޖެއެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން ނިންމާލަން ހަމަޖެހިފައި ވަނީ މިރޭ ދަންވަރު 1:00 ގައެވެ.

ހަވީރު 4 ޖެހުމާ ހަމައަށް އިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 1،321،068.57 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 12،152.45 ޑޮލަރު ލިބިފައެވެ.

މައުޟޫޢުތަށް