ގޯސް ހެއްދެވީ ރައީސް ސޯލިހާއި ޝާހީދު ކަމަށް ވިދާޅުވެ، ވަގުތީ ޗެއާޕާސަން ކަމުން ވަހީދު ފަހަތަށް ޖެހިވަޑައިގެންފި

ދަޕްރެސް

30 ނޮވެމްބަރު 2025 | އާދިއްތަ | 5:03

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަމަލު ކުރެއްވި ގޮތުންނާއި ޕާޓީ ތެރޭގެ އެއްބައިވަންތަ ކަން ގާއިމްކުރުމަށް ވަގުތީ ޗެއާޕާސަން މަގާމަށް ވާދަކުރެއްވި ކުރުން އަނބުރާ ގެންނަން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ނިންމަވައިފިއެވެ.

ވަހީދުގެ މި ނިންމެވުން ހަމަކުރައްވާފައި ވަނީ، އެމްޑީޕީގެ ރައީސް އަށް ފޮނުއްވި ސިޓީއެއްގައެވެ. ވަހީދު ވިދާޅުވީ، ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން އޭނާ އަށް ހުށަހެޅުއްވީ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރެއް ކަމަށާއި ޕާޓީގެ އެޑްވައިޒަރު ކުރީގެ ރައީސް ސޯލިހާއި ޝާހިދަށް މެސެޖު ކުރައްވައި އެ ބޭފުޅުންގެ ހިޔާލު ވެސް ހޯއްދެވި ކަމަށެވެ. އެގޮތުން އެ ދެބޭފުޅުންގެ ތާއީދު ލިބިވަޑައިގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އެ ވޯޓާ ހަމައަށް ދިޔަ ވަގުތުއެ ދެބޭފުޅުން އަމަލު ކުރެއްވި ގޮތާއި އަދި އޭގެ ފަހުން ކަންކަން ކުރައްވަމުން ގެންދެވި ގޮތުން ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ފެނިވަޑައިގެން ކަމަށް ވަހީދު ވިދާޅުވިއެވެ. ވަގުތީ ޗެއާާޕާސަންގެ މަގާމު އޭނާ ކާމިޔާބު ކުރައްވާފައިވީ ނަމަވެސް އެ ސަބަބުތައް އެހެން އޮތުމުން އެ ވޯޓުގައި ވާދަކުރި ކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ނިންމުމަކީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ނިންމެވި ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް