އިމިގްރޭޝަންގެ ކޮރަޕްޝަން: ކުށަށް އިއުތިރާފުވި އަލްސަންއަށް 2 މަހުގެ ހުކުމެއް، ތަންފީޒުކުރާނެ އަދަބެއް ނެތް

ދަޕްރެސް

30 ނޮވެމްބަރު 2025 | އާދިއްތަ | 8:27

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލާގައި ކުށަށް އިއުތިރާފިވެފައިވާ އިމިގްރޭޝަން އޮފިސަރަށް މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށަށް އިއުތިރާފުވެފައި ވަނީ މިދިޔަ މާޗް މަހުގެ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ދައުވާކުރި 5 މީހުންގެ ތެރޭގައި ހިމެނޭ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލްއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި މައްސަލައިގައި ދައުލަތުން ވަނީ އަލްސަން އާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައިފައެވެ.

މައުޟޫޢުތަށް